އަހުޒަމް އަޙްމަދު   24 އޭޕްރީލު 2024 - 8:31
ކުރީގެ ފޮރިން މިނިސްްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު، ހ. ރަބީޢީމަންޒިލް ޝައިޚު މޫސާ ޖަމީލް (ދަރަވަންދޫގޭ މޫސާ ޖަމީލް) އަވަހާރަވެއްޖެ އެވެ.

ޝާހިދުގެ ބައްޕާފުޅު އަވަހާރަވިކަން ޝާހިދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަށަވަރުކޮށްދެއްވައިފަ އެވެ.

ޝާހިދު ވިދާޅުވީ އޭނާގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނު ކަމަށެވެ.

ޝާހިދު ވިދާޅުވީ އޭނާގެ ބައްޕާފުޅަކީ އޭނާގެ ހަޔާތްޕުޅުގެ އެންމެ ވަރުގަދަ ތަނބު ކަމަށާއި އަދި އިހުލާސްތެރިކާމާއެކު ކަންކަމުގައި ލަފާ ދެއްވައި އަދި ކަންކަން ރަނގަޅު ކުރަން ވިދާޅުވެދެއްވި ބޭފުޅާ ކަމަށެވެ.

ހަމަ އެހެންމެ ޝާހިދުގެ ކެރިއަރާއި ޝަހުސާއި ހަޔަތުގައި އެޅުއްވި ކޮންމެ ފިޔަވަޅެއްގެ ފަހަތުގައި ހުންނެވީ ވެސް ބައްޕާފުޅު ކަމަށް ޝާހިދު ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ޝާހިދުގެ ބައްޕާފުޅުގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށް ފަހު އޮންނާނެ އެވެ. ނަމަވެސް އަދި އެކަން އިއުލާނެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން