ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައިފި އެވެ.

ޝޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ކާރު ކޮންޓްރޯލް ނުވެގެން ގޮސް ފުރޮޅާލީ ސެންޓްރަލް ޕާކުގެ ތެރެއަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިއަދު ފަތިހު 05:35 ކަންހާއިރު ކަމަށެވެ.

އެ ހާދިސާގައި ކާރުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާވި ކަމަށާއި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެއެެވެ.

އެކަމަކު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓާ ގުޅިގެން ޑްރައިިވަރުގެ ލައިސަންސް މިހާރު ހިފަހައްޓާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން