ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވެރިކަން ކުރާ ޕީއެންސީއަށް ހިފެހެއްޓޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ފަހަރުގެ މަޖިލިސް ފެންނާނީ ތަފާތު އަދި ރައްޔިތުންގެ ލާބައާ މަންފާއަށް މަސައްކަތް ކުރާ މަޖިލީހެއްގެ ގޮތުގައި ކަމަށެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން އޭނާ 17 އަދި 18 ވަނަ މަޖިލީހުގައިވެސް މެމްބަރުކަން ކުރެއްވި ކަމަށާއި އެހެންކަމުން ސިޔާސީ ގޮތުން ވާނުވާ އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
އެހެންވެ މަޖިލީހުގެ މެޖޯރިޓީ ނުހިފޭއްޓޭ ސަބަބު ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ ހިފެހެއްޓޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެއްވެސް ކަމެއް ދިމާވެގެން އެއްވެސް މެމްބަރަކު ދުރަށް ވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.
"މިހާތަނަށް ކުރެވުނު މަސައްކަތްތަކުން އަޅުގަނޑަށް ޑރ. މުޢިއްޒު ފާހަގަކުރެވިފަ އޮތީ ވަޢުދެއްވެއްޖެއްޔާ އެ ވަޢުދެއް ފުއްދަވާ ބޭފުޅެއްގެ ގޮތުގައި. އަދި ވިދާޅުވާގޮތަކަށް އެކަމެއް ކުރައްވާ ބޭފުޅެއްގެ ގޮތުގަ." އަދުރޭ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު