ކުރީގެ އުުއްތަަމަ ފަޑިޔާރު މަޖިލިސް ރައީސް އާއިއެކު، ފޮޓޯ:މަޖިލިސް
ކުރީގެ އުުއްތަަމަ ފަޑިޔާރު މަޖިލިސް ރައީސް އާއިއެކު، ފޮޓޯ:މަޖިލިސް
ރާއްޖޭގައި އޮތީ ހާކިމަކީ ކޮބައިކަންވެސް އެނގޭ ލީޑަރޝިޕެއް ނޫންކަމަށް ވިދާޅުވެ ކުރީގެ އުއްތަމަފަޑިޔާރު ކުރީގެ އުއްތަމަ ފަޑިޔާރު ޑރ.އަބްދުﷲ ދީދީ ސަރުކާރަށާއި ސަރުކާރުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން ދާއިރު ވެސް ގައިދުރު ކުރުމާއި މާސްކު އެޅުމާމެދު ރާއްޖޭގެ ދީނީ ފަތުވާ ބަދަލު ނުވާކަމަށް ވިދާޅުވެ ޝައިހު ހުސެއިން ރަޝީދު އަހުމަދު އޮންލައިން ނޫހެއްގައި ލިޔުއްވާފައިވާ ލިޔުއްވުމަކަށް އިޝާރާތް ކުރައްވަމުން ކުރީގެ އުއްތަމަ ފަޑިޔާރު ވިދާޅުވީ ޒަމާނާއި، ހާލަތާއި އެއްގޮތަށް ފަތުވާތައް ބަދަލުކުރެވޭނީ އެކަން ކުރަން އެގޭ ޤާބިލް އިލްމީ ލީޑަރޝިޕެއް ޤައުމުގެ ހިންގުމުގައި ތިބެގެންކަމަށެވެ.

ދީނީ ގޮތުން ނެރޭ ފަތުވާ ބަދަލުވާ ހާލަތާއި، ހާލަތުގެ ގޮތުން ނެރޭ ފަތުވާތައް ބަދަލުކުރެވޭނީ ޤައުމުގެ އެންމެ އިސް މަސްއޫލިއްޔަތާއި ހަވާލުވެ ހުންނަވާ ހާކިމުގެ މަސްއޫލިއްޔަތަކީވެސް ކޮބައިކަން އެނގޭ ލީޑަރޝިޕެއް ޤައުމުގެ ހިންގުމާއި ހަވާލުވެ އޮވެގެންކަމަށް ކުރީގެ އުއްތަމަ ފަޑިޔާރު ވިދާޅުވިއެވެ.

"ޒަމާނާ ޙާލަތާ އެއްގޮތަށް ޒަރޫރަތް ނިޔާކުރާ ކަންކަމުގައި ފަތުވާ ބަދަލުވާނީ ހަރުދަނާ ތަންދޮރުދަންނަ ލީޑަރޝިޕެއް އޮވެގެން. އިސްލާމީ ޤައުމެއްގެ ޙާކިމުގެ މަސްއޫލިއްޔަތަކީ ކޮބައިކަންވެސް އެނގޭ ލީޑަރޝިޕެއް އޮވެގެން." ކުރީގެ އުއްތަމަ ފަޑިޔާރު ޑރ.އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ޝައިހު ހުސެއިން ރަޝީދު ވިދާޅުވެފައިވަނީ މުސްލިމުން ނަމާދު ކުރަމުން ދާއިރު ކައިރި ކައިރީގައި ތިބެގެން ސަފު ހެދުމަކީ ގަދަވެގެންވާ ސުންނަތެއްކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ މިސްކިތްތައް ބަންދު ކޮށްފައި ހުރުމަށްފަހު މިސްކިތްތައް ހުޅުވުމުގެ ހުއްދަ ދެއްވައި ރާއްޖޭގެ ދީނީ ކަންކަމާ ބެހޭ ފަރާތުން އަންގަވާފައިވަނީ ނަމާދު ޖަމާޢަތުގައި ކުރުން ހުއްދަ ވާނީ ސަފުގައި ކައިރިކައިރީ ތިބެގެން ކަމަށެވެ. ނަމަވެސް މުޅި ދުނިޔޭގެ އެންމެހައި މިސްކިތްތަކެއްގައި ދީނުގެ އެންމެހައި ޢިލްމުވެރިންގެ އިއްތިފާޤުން ފަތުވާ ލިބިގެން ނަމާދު ކުރާ މީހުން ގައިދުރުކޮށް ތިބެ ނަމާދު ކުރަމުން ދާއިރު ދިވެހިންގެ ދީނުގައި މިކަމެއް ހުއްދަ ނުވިކަމުގައި ހުސައިން ރަޝީދު ވިދާޅުވެފައި ވެއެވެ.

މިކަމާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ވަގުތާއި ހާލަތަށް ބަލާފައި ދީނީ ފަތުވާތައް ބަދަލުވާންޖެހޭކަމަށެވެ. އެއީ ދުނިޔޭގެ އިސްލާމީ ބޮޑެތި ޤައުމުތަކާއި ދީނީ އިލްމުވެރިންވެސް ކަންކަން ކޮށްފައިވާ ގޮތްކަމަށެވެ. މި ބަލިމަޑުކަމުގައި ރައްޔިތުންގެ ޞިއްހީ ރައްކާތެރިކަން ކަށަަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި ދީނުގައިވެސް އެކަމަށް ބާރުއަޅުއްވާފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

"ވަގުތާ ޙާލަތާ ގުޅިގެން ފަތުވާ ބަދަލުވާންޖެހޭނެ. އެއީ އައިބެއް ހުރި ކަމެއްނޫން. ރާއްޖޭގެ ފަތުވާ މިކަމުގައި ބަދަލު ނުވާތީވެ، އަޖައިބު ވަން. ބަލި ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ވާޖިބުކަމެއް." ޑރ.މުހައްމަދު ޝަހީމް ވިދާޅުވިއެވެ.

ކޯވިޑް19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ނަމާދުކުރުން މެދުކަޑާލައި ދުރު ދުރުގައި ނަމާދު ކުރުމަށް އިލްތިމާސްކުރި ނަމަވެސް އެކަމާއިމެދު ރާއްޖޭގެ ބައެއް އިލްމުވެރިންގެ މެދުގައި ވަނީ ހިލާފް އުފެދިފައެވެ. ނަމަވެސް ދުނިޔޭގެ އިސްލާމީ ބޮޑެތި ޤައުމުތަކުގައިވެސް އަދި މާތްވެގެންވާ ހަރަމްފުޅުގައި ކުރެވޭ ނަމާދުތައްވެސް ގައިދުކަމާއިކު ކުރެވިގެންދާ ތަން ވަނީ ފެނިގެން ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-7

މޫސަ

07-Aug-2020

އިސްލާމިކް މިނިސްޓަރަކަށް މިހާރު ހުރި ވަރުގަދަ ޑޮކްޓަރ ކިޔާފަ ނަންކިޔާ ޒާހިރަކީ އަމިއްލަ އެދުން ބޮޑު ގޮތްދޫނުކުރާ މީހަކަށް ވާކަމުގެ ހެކި ތިފެންނަނީ.


2

މޫސަ

07-Aug-2020

އިސްލާމިކް މިނިސްޓަރަކަށް މިހާރު ހުރި ވަރުގަދަ ޑޮކްޓަރ ކިޔާފަ ނަންކިޔާ ޒާހިރަކީ އަމިއްލަ އެދުން ބޮޑު ގޮތްދޫނުކުރާ މީހަކަށް ވާކަމުގެ ހެކި ތިފެންނަނީ.



ޓްރެންޑިން