ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ކަރަންޓު ފޯރުކޮށްދިނުމަށް މާލޭ ސަރަހައްދުގައި ފްލޯޓިން ސޯލާ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން މިއަދު ހުއްދަ ދޫކޮށްފިއެވެ.

އިކޮންމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސްއީޒެޑުގެ ގާނޫނުގެ ދަށުން މި ހުއްދަދޫކުރުމަށް ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ބޯޑް އޮފް އިންވެސްޓްމަންޓުން މިއަދު ބޭއްވި ތިން ވަނަ ޖަލްސާގައި ކަމަށެވެ. އެގޮތުން މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހުއްދަދޫކުރީ ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕް އަށް ކަމަށާއި އެ ކުންފުނިން މި ޕްރޮޖެކްޓު ހިންގަނީ ސަންގްރޯ ޕަވާ ސަޕްލައި ކޯ ލިމިޓެޑާ ގުޅިގެން ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ޕްރޮޖެކްޓުގެ ދަށުން މާލެ ސަރަހައްދުގައި ގާއިމުކުރަނީ 150 މެގަވޮޓްގެ ފްލޯޓިން ފޮޓޯ ވޮލްޓައިކް (ޕީވީ) ޕަވާ ޕްލާންޓަކާއި އެއާ ގުޅުންހުރި އިންފްރާސްޓްރަކްޗާއެވެ. އެ ނިޒާމު މިހާރު ކަރަންޓު ފޯރުކޮށްދޭ މައި ގްރިޑާ ގުޅުވުމަށް އިންވެސްޓްމެންޓް ބޭނުންވާނެ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ރާއްޖެގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުން އުފައްދާ ކަރަންޓަށް ހެދުމަށް 2028 ވަނަ އަހަރަށް ސަރުކާރުން އަމާޒު ހިފާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން