އާދިއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަގޮތުން ނޮޅިވަރަމް ދާއިރާއަށް ވާދަކޮށް އިންތިހާބު ކާމިޔާބުކުރެއްވި މުޙައްމަދު ރަޝީދު ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕީއެންސީގެ ރަސްމީ އެކްސް ހޭންޑަލްއިންނެވެ.
މުޙައްމަދު ރަޝީދުގެ ކުރިން، އަމިއްލަ ގޮތުން މި އިންތިހާބުގައި އެކި ދާއިރާތަކަށް ހޮވުނު 6 މެންބަރަކު ވަނީ އިއްޔެ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ.
ޕީއެންސީއާ އިއްޔެ ގުޅިވަޑައިގެންނެވި މެންބަރުން:-
• ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
• ޙަސަން ޒަރީރު – މަތިވެރި ދާއިރާ
• އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
• އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
• ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ
• ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ
ޕީއެންސީއާ އަލަށް ގުޅުނު 7 މެންބަރުންނާއެކު، ކުރިއަށްއޮތް 20 ވަނަ މަޖިލީހުގައި އެޕާޓީ ތަމްސީލުކުރާނެ މެންބަރުންގެ އަދަދު މިހާރު މިވަނީ 73 އަށް އަރާފައެވެ. މީގެ އިތުރުން ސަރުކާރާއެކު މަސައްކަތް ކުރާ ޕާޓީތަކުގެ ލީޑަރުން ކާމިޔާބު ކުރެއްވި ގޮނޑިތައް ހިމެނޭހެން ޖުމްލަ 76 ގޮނޑި މި އިންތިހާބުގައި ސަރުކާރަށް ވަނީ ކަށަވަރުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު