އިޤްތިޞާދުގައި "އޮށްވަޅުގޮނޑި" ކުޅެން ވެއްޖެނަމަ މިޤައުމު އިތުރަށް ބިކަވެ ދަރަނިވެރި ވެގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ހަ މަހާއި އަށް މަސް ދުވަހު ރާއްޖެއަށް ވަރަށް ދަތިވެގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓްގައި އާދަމް ޝަރީފް ވިދާޅުވީ އިޤްތިޞާދު ނަގައި ކޮޅައްޖެހޭނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެކުގައިކަމަށެވެ. މުޅި ދުނިޔެ އިޤްތިޞާދީ އަނދަވަޅެއްގައި އޮތްއިރު ރާއްޖެއަށް ކުރާނެ އަސަރު ބޮޑުވާނެކަން ޤަބޫލުކުރަންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ނަމަވެސް މިސަރުކާރުން މިހާރު ވެސް ފެންނަމުންދަނީ އިޤްތިސާދު އަލުން ކޮޅަށް ޖެހުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގެ ބަދަލުގައި "އޮށްވަޅުގޮނޑި" ކުޅުއްވަން އުޅުއްވާ މަންޒަރުކަމަށެވެ. ޤައުމުގެ އެންމެ އިސް ޒިންމާ އުފުއްލަވަން ތިއްބެވި ބޭފުޅުންގެ ކިބައިން، މިކަން ހަމަޔަކަށް އަޅުވަން ކުރަންޖެހޭ މަސައްކަތް ކުރާތަން ނުފެންނަ އިރު މިކަމުގައި ކުރަންޖެހޭ މަޝްވަރާ ކުރެވޭތަންވެސް ނުފެންނަކަމަށެވެ. މިހާލަތުގައި ސަރުކާރަށް އެކަނި މިކަންކަމުގެ ހައްލެއް ނުގެނެވޭއިރު ވިޔަފާރި ވެރިންނާއި ދާއިރާގެ އެކްސްޕާޓުންނާއި މަޝްވަރާ ކުރަންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"އިޤްތިޞާދުގައި "އޮށްވަޅުގޮނޑި" ކުޅެން ވެއްޖެނަމަ މިޤައުމު އިތުރަށް ބިކަވެ، ދަރަނިވެރިވާނެ. ސިޔާދަތު އެއްކޮށް ގެއްލިދާނެ. ސަރުކާރަށް އެކަނި ތިޔަކަމެއް ނުވާނެ. ވިޔަފާރިވެރިންނާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި މަޝްވަރާ ކުރައްވާ." އާދަމް ޝަރީފް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އިކޮނަމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު މިހާރު މި އޮތީ ވަރަށް އުނދަގޫ ހާލަތަކަށް ގޮސްފައި ކަމަށެވެ. ކޮވިޑް-19 އާ ކުރިމަތި ނުވާއިރު ރާއްޖެއިން އަންދާޒާ ކުރީ އިގްތިސޯދު 7.5 ޕަސެންޓަށް ކުރިއަރާނެ ކަމަަށެވެ. ނަމަވެސް މިހާރު ބެލެވެނީ 11 ޕަސެންޓް ދަށްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި 2019 ގައި ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް އަނބުރާ ދެވޭނެ ކަމަށް ލަފާ ކުރެވެނީ 2022 ގައެވެ. އަދި ވިދާޅުވީ މިކަން ދިމާވެފައިވަނީ ހަމައެކަނި ރާއްޖެއަށް އެކަނި ނޫން ކަމަށްވާތީ، ޑޮލަރު ލިބުމާއި އެހެން ކަންކަން ވެސް ބަންދުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު