އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެ ކަންކަން ކުރަމުން ދިޔައީ ޒިންމާދާރުކޮށް ނޫން ކަމަށް ރައްޔިތުންނަށް ސާފުވެއްޖެ ކަަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމެއްގައި ރޭ ޝިޔާމް ވިދާޅުވީ ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ކުރިން ރައްޔިތުން ކުރިން ކަންކަން ދިޔަ ގޮތް ބެލިކަމަށެވެ.

އެގޮތުން މިހާރު މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީއިން ކަންކަން ކުރަމުން ދިޔައީ ޒިންމާދާރު ޕާޓީއަކުން ކަންކުރާނެ ގޮތަށް ނޫންކަން ރައްޔިތުންނަށް އެނގިގެން ގޮސްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންވެ ރައްޔިތުން ބޭނުންވީ އެ މެޖޯރިޓީ ބަދަލުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ކަންކަން ކުރެވެން އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގެ ދަށުންކަމަށް ރައްޔިތުންނަށް އެެނގިއްޖެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

"އެ ޖުމްހޫރިއްޔާއަށް އޮތް އިތުބާރާއި އެމަނިކުފާނަށް އޮތް ލޯތްބާއި އެކީގައި އެމަނިކުފާނާމެދު ރައްޔިތުން އެ ކުރާ އެ އުއްމީދު ހާސިލުވާން އޮތީ މިކަމުަގައި އެ މަގު ކޮށައިދީގެން ކަމަށް ރައްޔިތުން ގަބޫލުކޮށްގެން ހަގީގަތުގައި ރައްޔިތުންގެ މަޖިލީހަށް ބޮޑު އަގުލަބިއްޔަތެއް އެަމަނިކުފާނަށް ރައްޔިތުން އެ ދެއްވީ." ޝިޔާމް ވިދާޅުވި އެވެ.

ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީން ވަނީ ނަގައިފަ އެވެ. އެމްޑީޕީއަށް ނެގުނީ އެންމެ 12 ގޮނޑި އެވެ.

އާ މަޖިލިސް ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން