ޒަކާތުގެ ކަންކަމަށް ހާއްސަ ކޮށްގެން މި ސަރުކާރުން އުފައްދާފައިވާ ޒަކާތު ހައުސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ކުވައިތުގެ ޒަކާތު ހައުސްގެ އިސް ފަރާތްތަކާއި އެކު މަޝްވަރާ ކޮށްފިއެވެ.

ރާއްޖޭގެ ޒަކާތު ހައުސް އިން މިއަދު ބުނީ، ޒަކާތު ހައުސް ތަރައްގީ ކުރުމާއި ގުޅޭގޮތުން ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޑރ މާޖިދު ސުލައިމާން އަލްއާޒިމީ އާ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ބައްދަލު ކުރައްވާފައިވާކަމަށެވެ.

އަދި މި ބައްދަލުވުމުގައި ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީ ކުރުމާއި މުވައްޒަފުންނާއި ޝަރީޢާ ބޯރޑް ތަމްރީނު ކުރުމާއި ޒަކާތުގެ ބެހެނިވެރިންގެ ޝަރުޢީ މިންގަނޑުތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ބައްދަލުވުމަކީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް، މުސްލިމް ވޯލްޑް ލީގު ސުޕްރީމް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ހަވާސާގައި ކުރިއަށް ގެންދެވި ބައްދަލުވުމެކެވެ.

ރާއްޖޭގައި މުޅީން އަލަށް ޒަކާތު ހައުސްއެއް އުފައްދާ އެތަނުގެ ބެލުމުގެ ދަށުން ޒަކާތާގުޅޭ އެންމެހާ ކަންކަން ކުރަން މިހާރު ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން