ރައީސް އޮފީހަށް ފޯނު ވެއްދޭނީ މުވައްޒަފުންނާއި ވަޒީރުންނަށް އެކަނި ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ވަޒީރުން ފިޔަވައި ރައީސް އޮފީހުގެ ބައްދަލުވުންތަކަށް ދާ އެއްވެސް މީހަކަށް މޮބައިލް ފޯނު ވެއްދުން މަނާކޮށްފައިވާ ކަމަށެވެ.

އެގޮތަށް އަމަލު ކުރަން ފަށާފައި ވަނީ މީގެ ދެ މަސް ކުރިން ކަމަށާއި އެއީ ސެކިއުރިޓީ ޕްރޮޓޮކޯލެއްގެ ދަށުން އަމަލު ކުރަން ފެށި އުސޫލެއް ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންގެ މޮބައިލް ފޯނު ވެއްދުން އެއޮފީހުން މަނާކުރުމާ ގުޅިގެން ބައެއް ނޫސްވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރުމުން ފޯނު ވެއްދުމުގެ ހުއްދަ މިއަދު ވަނީ ދީފައެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި ދެން މޮބައިލް ފޯނު ވެއްދުމުގެ ހުއްދަ ނުދޭނެ ކަމަށް ނޫސްވެރިންނަށް އަންގާފައި ވެއެވެ.

އެ އުސޫލުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި އެހެނިހެން އިސްވެރިންނަށްވެސް މޯބައިލް ފޯނު ވެއްދުން ވަނީ މަނާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


-4

ހަސަނު

15-Jun-2024

މިއީ ވަރަށް ރަގަޅު ނިއްމުމެއް. އެހެން އޮފީސްތަކަށްވެސް މިކަން އިންޕްލިމެންޓް ކުރުމަކީ ނުހަނު އެދެވިގެންވާކަމެއް. އެއާއެކުއެކީގައި ރައްޔިތުންގެ މަޖލީސް ކުރާ ހޯލަށްވެސް ފޯނާ, ބެރުދުއްމާރި ތާޅަފިލި , ބެނާފަދަ ތަކެތި ނުވެއްދޭނެފަދަ ގާނޫނެއްފާސްކޮށް އެފަދަކަމެއްކުރި މެމްބަރަކާމެދު ޖިނާއީ ދައުވާކުރެވޭނެގޮތަށް ހަމަޖެހިގެންދިއުމަކީ ވަރަށްވެސް މުހިއްމުކަމެއް.



ޓްރެންޑިން