އެމްޑީޕީގެ ކުޅުދުއްފުށީ ގޮފީގެ ރައީސަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޔަނުކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަނު ކުރިކަން އެމްޑީޕީގެ އިސް ބޭފުޅަކު "ރަސް" އަށް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

އަލީ ވަހީދު ކުޅުދުއްފުށީ ގޮފީގެ ރައީސްކަމަށް އައްޔަނުކުރެއްވި އިރު ނިމި ދިޔަ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވީ އޭނާއެވެ.

އަލީ ވަހީދަށް ކުޅުދުއްފުށީގެ ގޮނޑި ނާކާމިޔާބުވެވަޑައިގެންނެވި އިރު އޭނާ ޓޫރިޒަމް މިނިސްޓަަރަކަށް ހުންނެވި އިރު ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ފެންމަތިވި އެވެ. ނަމަވެސް މައްސަލަ ހިނގަމުން ދަނިކޮށް އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެން ފިއްލެވީއެވެ. އަލީ ރާއްޖެ ވަޑައިގަތީ ނިމިދިޔަ ސަރުކާރުގައި ޕީޖީ އޭނާގެ މައްސަލަތައް އަނބުރާ ގެންދިއުމުންނެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް އޭނާ ޖިންސީ ފުރައްސާރަކުރި މީހުންގެ ބަޔާންތަކެއް ވަނީ ލީކުކޮށްލައިފަ އެވެ. އެހެންވެ އެ ތުހުމަތުތަކާއެކު އަލީ ވަހީދަށް އެމްޑީޕީގެ ޓިކެޓް ދިނުމުން ގިނަ ބައެއްގެ ފާޑުކިއުން ވެސް އަމާޒުވި އެވެ.

ނަމަވެސް އެމްޑީޕީން ވަނީ އެ ފާޑުކިއުންތަކަށް ރައްދުދީފަ އެވެ. ނަމަވެސް އެމްޑީޕީން ބުނީ އަލީ ވަހީދާމެދު ފިޔަވަޅެއް އަޅާނީ ކުރެވިފައިވާ ތުހުމަތުތަކަށް އިތުރު ހެކި ލިބި ދައުވާ ކުރާ ހިސާބަށް ދިއުމުން ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލާގައި ޢަލީ ވަހީދުގެ މައްޗަށް 2020 ވަނަ އަހަރު ދައުވާ ވެސް ކުރިއެވެ. ނަމަވެސް، ހެކި އަނބުރާ ގެނައުމުން ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލްވަނީ އެ މައްސަލަތައް އަނބުރާ ނަގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން