ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ހޮވާނެ ބޭފުޅެއް ކަނޑައެޅުމުގެ މަޝްވަރާތައް ވެރިކަން ކުރާ ޕީއެންސީގެ ތެރޭގައި މިހާރު ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސުޕަ މެޖޯރިޓީ ނެގީ ޕީއެންސީން ނެވެ.

އަދި އިންތިހާބަށް ފަހު އެ ޕާޓީއާ ގުޅިވަޑައިގެންނެވި މިނިވަން މެމްބަރުންނާއެކު ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރު ވަނީ 74 ކަށް އަރައިފަ އެވެ.

އެހެންވެ މަޖިލީހުގެ ރައީސްގެ މަގާމަށް ކަނޑައަޅާނެ ކަމަށް ޔަގީން ވަނީ ޕީއެންސީގެ ބޭފުޅެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސް ވެރިން ކުރި އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ކަނޑައެޅުމުގެ ކަންކަން ކުރިޔަށް ގެންދާނީ ސަރުކާރަށްވުރެ ބޮޑަށް ޕާޓީ ލެވެލްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

"އެހެންވީމާ އެ މަޝްވަރާތައް ކުރިޔަށް ދާނީ ޕާޓީ ލެވެލް ގައި." ހީނާ ވިދާޅުވި އެވެ.

އަޑުތައް ފެތުރިފައިވާ ގޮތުން ރައްޔިތުންގެ މަޖިލީިހުގެ ރައީސްކަމަށް ހޮވަން ނިންމާފައި ވަނީ ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު، އަދި މިހާރު އިސް ވަޒީރެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސއމަކު ހޮވާނީ އާ މަޖިލިސް ހުވާކުރުމަށް ފަހު އެވެ. އާ މަޖިލިސް ހުވާކުރާނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން