އަތޮޅު ތަކުގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި އަތޮޅު ތަކުގައި ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ޓާޝާރީ ހޮސްޕިޓަލްތައް ގާއިމް ކުރަން ނިންމާފައިވާއިރު ސްޕެޝިލަޓީ ހޮސްޕިޓަލުތައް އަތޮޅު ތެރޭގައި ގާއިމް ކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

"މިހާރު ވެސް ބައެއް ހޮސްޕިޓަލްތަކުގެ މަސައްކަތްތައް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ތަރައްގީގެ ޕްރޮޖެކްޓްތަކާއި އެކު އެކީގައި ކުރިއަށް އެބަދޭ. އެހެންވީމަ ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލު ކަމެއް ދޭކަމެއް އެއީ ރަށްރަށުގައި ހުރި ބެޑް ކެޕޭސިޓީ އިތުރުކުރުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އާ ޚިދުމަތްތަށް ތައާރަފްކުރުން."ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި އެކު އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލަށް ދިމާވާ ދަތި އުނދަގޫ ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން