ރައްޔިތުންގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މާލިއްޔަތު ގާނޫނާއި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާއި މާލިއްޔަތު ގަވާއިދާ ޚިލާފަށް ފިނޭންސް މިނިސްޓަރު އަމަލުކުރައްވާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުން މަޖިީހުގެ މީދޫ ދާއިރާގެ މެންބަރ އަހުމަދު ސިޔާމުގެ "އަޙްމަދު ސިޔާމް ހޯލްޑިންސް" އަށް ދައުލަތުން ދީފައިވާ ގެރެންޓީއަކަށް ޗައިނާގެ އެގްޒިމް ބޭންކުން ދީފައިވާ ލޯނަކަށް ސިޔާމްގެ ކުންފުނިން ފައިސާ ނުދައްކައިގެން ދައުލަތުން އެފައިސާ ދައްކަމުންދާ ކަމަށް ބުނެ އެމައްސަލަ ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މެންބަރު މީކާއިލް ނަސީމު މައްސަލައެއް ހުށައަޅުއްވާފައި ވަނިކޮށް އެކަން ސާފުކޮށްދެއްވައި ފިނޭންސް މިނިސްޓަރ ނެރުއްވާފައިވާ ބަޔާނަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުން ގެރެންޓީ ދީފައިވާ ލޯން ތަކަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ފައިސާ ނުދައްކައިފިނަމަ އަމަލު ކުރަންޖެހޭގޮތް މާލިއްޔަތު ގާނޫނާއި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާއި މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"މި ނޫންގޮތަކަށް ފިނޭންސް މިނިސްޓަރު އަމަލު ކުރައްވާނެ ކަމަކަށް އަޅުގަނޑު ނުދެކެން." މަޖިލީހުގެ ރައީސް ވިދާޅުވެފައި ވެއެވެ.



ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ ކުންފުންޏަކުން ޗައިނީޒް އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނު އެކުންފުނިން ދައްކަމުންދާ ކަމަށެވެ.

"މި ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، ޖަނަވަރީ 2020 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ ސިޔާމްގެ ކުންފުނިން ވަނީ ދައްކާފަ. ނަމަވެސް، 21 ޖުލައި 2020ގެ ކުރިން، ސިޔާމްގެ ކުންފުނިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާފައި ނުވާތީ، އެބެންކުން ފިނޭންސް މިނިސްޓްރީއަށް އެކަން އެންގި. ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، އެފައިސާ ދެއްކުމަށް ސަރުކާރަށް އެންގި. ނަމަވެސް އެފައިސާ ސިޔާމްގެ ކުންފުނިން އެސްކްރޯ އެކައުންޓަށް ޖަމާކުރުމުން، އެސްކްރޯ އޭޖެންޓް މެދުވެރިކޮށް އެފައިސާ މިއަދު ޗައިނީޒް އެގްޒިމް ބޭންކަށް ދައްކާފައިވޭ." ފިނޭންސް ގެ ބަޔާނުގައިވެއެވެ.

ސިޔާމް ކުންފުންޏަށް ކުރީގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދޫކޮށްފައިވަނީ އެކަމަށް ހެދިފައިވާ އުސޫލުގެ ދަށުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މެންބަރު މީކާއިލް ފޮނުއްވި ސިޓީގައި 2017 ވަނަ އަހަރު ދައުލަތުން ސޮވެރިން ގްރެންޓީ ދީގެން ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރު ( ދެ ބިލިއަން ރުފިޔާ ) ގެ މައްސަލާގައި ބައެއް ކަންކަން ސާފުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. މިގޮތުން ސަރުކާރުން ގެރެންޓީ ދީގެން ސިޔާމްގެ ކުންފުނިން ނެގި ލޯނެއް ޑިފޯލްޓް ވެފައިވޭތޯ އާއި އެލޯނު ސަރުކާރުން ދައްކަންޖެހޭ ގޮތަކީ ކޮބައިތޯއާއި އެކަމުގައި މާލީ ގޮތުން ކުރާނެ އަސަރަކީ ކޮބައިތޯ ސާފުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. މީކާއިލް ވަނީ މިކަންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ލިޔުމުން ޖަވާބުދެއްވުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން