ސަލަފް ޖަމިއްޔާގައި އިސްކޮށް ޙަރަކާތްތެރިވާ ޢަލީ ރަމީޒް
ސަލަފް ޖަމިއްޔާގައި އިސްކޮށް ޙަރަކާތްތެރިވާ ޢަލީ ރަމީޒް
ކަރަންޓު ބޭނުންކުރާވަރު މަދު ކުރި ނަމަވެސް ކަރަންޓު ބިލް ވަނީ ބޮޑު ކަމަށް ސަލަފް ޖަމިއްޔާގައި އިސްކޮށް ޙަރަކާތްތެރިވާ ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ދީނީ ޕްރޮގްރާމްތައް ހުށައެޅުމާއި، އިސްލާމްދީނަށް ޢާއްމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރާ ޖަމިއްޔަތުއް ޞަލަފްގައި އިސްކޮށް ޙަރަކާތްތެރިވާ ޢަލީ ރަމީޒް ވިދާޅުވީ، ކޯވިޑް-19 ގެ ސަބަބުން އިޤްތިޞާދު ކުރުމަށް ކަރަންޓު ބޭނުންކުރާވަރު މަދު ކުރުމުންވެސް ބިލް ވަނީ ބޮޑުކަމަށެވެ.

"އެންމެ ބޮތްކެއްވެސް އިތުރުވަނީކީ ނޫން. ކޮވިޑް ގެ ސަބަބުން އިޤްތިޞާދު ކުރުމަށް، ބޭނުންކުރާވަރު މަދުކުރީމަވެސް ކަރަންޓުބިލް މިވަނީ ބޮޑު." ޢަލީ ރަމީޒް ވިދާޅުވިއެވެ.

ޢަލީ ރަމީޒުގެ އިތުރުން ކަރަންޓު ބިލަށް އަރާ ޢަދަދު ބޮޑުކަމުގެ ޝަކުވާ ގިނަ ޢަދަދެއްގެ ޢާއްމުންވެސް ދަނީ ކުރަމުންނެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ވިދާޅުވީ ކަރަންޓު ބިލްތައް ބޮޑުވަމުން ދަނީ ލޮކްޑައުންގައި ތިބެން ޖެހުމުން ކަރަންޓް ބޭނުންކުރާވަރު އިތުރުވެފައިވާތީ ކަމަށެވެ. އެހެންކަމުން ކަރަންޓަށް ދޭން ޖެހޭ ސަމާލުކަން އިތުރަށް ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

އެންމެ ފަހުން ސްޓެލްކޯއިން ބުނެފައިވަނީ މިމަހުގެ ބިލުވެސް ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

އައި

09-Aug-2020

ތި ވާހަކަ މިދައްކަނީ..



ޓްރެންޑިން