ފުވައްމުލަކު ސިޓީގައި އީދަށް ހެދި ގިޑިގެއެއްގައި ޖެހިގެން އެކްސިޑެންޓެއް ހިންގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި އެ އެކްސިޑެންޓް ހިނގީ ފުވައްމުލައް ސިޓީގެ އެއަރޕޯރޓް ސަރަހައްދުގައި ހަރުކޮށްފައިވާ ގިޑިގެއެއްގެ ބައެއް ނެއްޓިފައިވަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލެއް އެތަނުން ނައްޓުވާލާފައި ދާން މަސައްކަތްކުރަނިކޮށް ސައިކަލް ކަހާލައިގެން ކަމަށެވެ.
އަދި ސައިކަލު ކަހާލުމުން އެ ސައިކަލު ދުއްވަން އިން 27 އަހަރުގެ މީހާއަށް އަނިޔާވި ކަމަށް ފުލުހުން ބުނެއެވެ.
އޭނާއަށް ފުވައްމުލައް ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމެންދާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
ރޭ 10:48 ހާއިރު ދެ ސައިކަލު ޖެހިގެން ވެސް ނުރައްކާތެރި އެކްސިޑެންޓެއް ފުވައްމުލަކު ސިޓީގައި ވަނީ ހިނގައިފަ އެވެ. އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު