މި ދުވަސްވަރު ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާތީ އާންމު ސާފުތާހިރުކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން އާންމުކުރި ވީޑިއޯ މެސެޖެއްގައި ވަނީ އާންމު ސާފުތާހިރުކަން ބެހެއްޓުމުގައި ސަމާލުކަން ދޭންވީ ކަންކަންވެސް ހިއްސާކޮށްފަ އެވެ.

އެގޮތުން ކެއްކުމަށާއި ބުއިމަށް އަދި ތަށި ފަދަ ތަކެތި ދޮވުމުގައިި ބަންދުކުރި ފެން ނޫނީ ކެއްކި ނުވަތަ ވާރޭފެން ނުވަތަ ސަޕްލައި ފެން ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.

ހަމައެހެންމެ ނަރުދަމާ, ސެޕްޓިކްޓޭންކް ނުވަތަ ޖަންކްޝަން ފުރިގެން ފެން ނުކުންނަނަމަ ފެންވެރުމަށް ވަޅުފެން ބޭނުންކުރުމުގެ ކުރިން ކުލޮރިން ކުރުމާއެކު އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ޕަބްލިކް ހެލްތު ޔުނިޓަށް އެންގުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭގެ އިތުރުން ފެންގަނޑުގެ ތެރެއަށް ކުޑަކުދިން އެރުނަ ނުދިނުމާއެކު ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމަށް ސަމާލުކަންދީ ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިންނާއި ފަހާނާކުރުމަށް ފަހު ސައިބޯނި ލައިގެން އަތް ދޮވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން