މަތީ ތައުލީމަށް ދޫކުރާ ލޯނުގެ 50 އިންސައްތަ، އެންމެ ޓެކްނިކަލް ދާއިރާތަކަށް ހާއްސަކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ، ޓެކްނިކަލް ދާއިރާތަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ލޯނުގެ ބައެއް ހާއްސަ ކުރަން ނިންމީ އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ކަމަށެވެ.

"ހައިލީ ޓެކްނިކަލް" ދާއިރާތަކުގެ ތެރޭގައި އިންޖީނިއަރިން އާއި ސުޕަ ސްޕެޝަލައިޒޭޝަން އަދި ކޯޑިން ފަދަ ދާއިރާތައް ހިމެނެއެވެ.

ލޯނު ދޫކުރާއިރު ވަކި ދާއިރާއަކަށް މީގެ ކުރިން ހާއްސަ ކޯޓާއެއް ނޯވެއެވެ. ޓެކްނިކަލް ދާއިރާ ހިމެނޭގޮތުން ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވަން ހުޅުވާލާ އެ ފުރުސަތުގައި ޖުމްލަކޮށް ހުރިހާ ދާއިރާއަކަށް ސަރުކާރުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން