ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު އިނގިރޭސި ވިލާތު ރައްޔިތެއް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މި މައްސަލައަކީ މި މަހުގެ 3 ވަނަ ދުވަހު ރާއްޖެއައި އިރު މި މީހާގެ ލަގެޖުން 7 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައެކެވެ.

މި މައްސަލާގައި ހައްޔަރުކުރި އުމުރުން 53 އަހަރުގެ މާރސެލް ރޮނަލްޑް ފެލޯސް އަކީ ނޮދަން އަޔަލެންޑަށް ނިސްބަތްވާ މީހެކެވެ.

ފުލުހުން އޭނާގެ މައްޗަށް ކުރަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން / ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

އިނގިރޭސި ވިލާތުގެ މިމީހާ ވަނީ ކުށުގެ އަމަލު ހިންގާފައިވާ ގޮތް ތަފްސީލުކޮށް ތަހުގީގު ބަޔާނުގައި ކިޔައިދީފައެވެ. އަދި މި މައްސަލައިގައި އޭނާ ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު 'އިއުތިރާފު އެއްބަސްވުން' ހަދަން ބޭނުންވާކަމަށް ފުލުހުން ކޯޓުގައި ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން