ކޯވިޑް-19 އާާއި ގުުޅޭ އެންމެ ފަހުގެ މައުލޫމާތު
ކޯވިޑް-19 އާާއި ގުުޅޭ އެންމެ ފަހުގެ މައުލޫމާތު
ރާއްޖެއިން މިއަދު އިތުރު 86 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެ 19 މީހުން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 56 ދިވެހިންނާއި ބަންގްލަދޭޝްގެ 27 މީހަކާއި އިންޑިއާ މީހަކާއި ފިލިޕިންސް މީހަކާއި، ލަންކާ މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރެއިން 85 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން އެކަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކައެވެ.

މިއަދު ބަލިޖެހުނު 86 މީހުންނާއެކު މިހާރު ވަނީ ރާއްޖެއިން ބަލިޖެހުނު މީހުންގެ އަދަދު 4680 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 19 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2725 އަށް އަރާފައެވެ.

މިވަގުތު ތިބި އެކްޓިވް ކޭސަސް ނުވަތަ ބަލިޖެހިފައި ތިބި މީހުންގެ އަދަދަކީ 1936 އެވެ. އައިސޮލޭޝަންގައި ތިބީ 1391 މީހުންނެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 128 މީހަކަށެވެ.

ރާއްޖެއިން މިބަލި ޖެހިގެން މިހާތަނަށް ނިޔާވެފައިވަނީ 19 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން