ސައުދީ އަރަބިއްޔާގެ ޑިޖިޓަލް ކޯޕަރޭޝަން އޯގަނައިޒޭޝަންގެ އެހީތެރިކަން ހޯދުމާއި ބެހޭގޮތުން ފޮރިން މިނިސްޓަރ މޫސާ ޒަމީޜު، ޖިޓަލް ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސެކްރެޓަރީ ޖެނެރަލް ދީމާ އަލްޔަޙްޔާ އާއެކު މަޝްވަރާ ކުރައްވައިފިއެވެ.
މިބައްދަލުވުން ކުރިއަށްގޮސްފައިވަނީ ސައުދީގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގައެވެ. މިބައްދަލުވުމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީޜު ވަނީ ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ސައުދީ އަރަބިއްޔާއިން ކުރިއަރާފައިވާ މިންވަރު ފާހަގަކުރައްވައި، ޑިޖިޓަލް ކޯޕަރޭޝަން އޯގަނައިޒޭޝަންގެ މަސައްކަތަށް މަރުހަބާ ވިދާޅުވެފައިވެއެވެ.
މިބައްދަލުވުމަށްފަހު މިނިސްޓަރ ޒަމީރު ވިދާޅުވީ، ދިވެހިރާއްޖެ ޑިޖިޓަލް ދާއިރާއިން ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ހިއްސާ ކުރެއްވިކަމަށެވެ. އަދި ސިޔާސަތުތައް ކާމިޔާބުކުރުމަށް ސައުދީ އަރަބިއްޔާގެ ޑިޖިޓަލް ކޯޕަރޭޝަން އޯގަނައިޒޭޝަންގެ އެހީތެރިކަން ދިވެހިރާއްޖެއަށް ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސައުދީގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިންގ އޮން ގްލޯބަލް ގްރޯތު އެންޑް އެނާޖީ ފޯ ޑިވެލޮޕްމެންޓް ގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފައިވަނީ އާދީއްތަ ދުވަހުއެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓަކީ ސައުދީ އަރަބިއްޔާ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

I had a productive meeting with @Dalyahya, Secretary General of @dcorg in the margins of @wef #specialmeeting24. Welcomed Saudi Arabia’s leadership in digitalisation and their efforts within @dcorg.
— Moosa Zameer (@MoosaZameer) April 29, 2024
We discussed President Dr. @MMuizzu’s Government's vision for establishing a… https://t.co/pyhnkgbd8q
ސައުދީގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިންގ އޮން ގްލޯބަލް ގްރޯތު އެންޑް އެނާޖީ ފޯ ޑިވެލޮޕްމެންޓް ގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފައިވަނީ އާދީއްތަ ދުވަހުއެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓަކީ ސައުދީ އަރަބިއްޔާ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.
ކިޔުންތެރިންގެ ހިޔާލު