ހުޅުމާލޭގައި މިރޭ ހިނގި މާރާމާރީ އެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި މިރޭ 9 ޖަހާ އެހާކަން ހާއިރު ހިންގި މާރާމާރީއެއްގައި ދެ ޒުވާނަކު ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެހެން ނަމަވެސް އެ ދެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނިގޮތުގައި މާރާމާރީ ހިނގީ ދެ ގްރޫޕެއްގެ ދެމެދުގައެވެ. މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެެވެ. ފުލުހުން ބުނީ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރާކާތްތެރިވެފައިވާ ކަމަށެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން