އުމުރުން 65 އަހަރުވެފައިވާ މީހުންގެ އައިޑީ ކާޑުގެ މުއްދަތު ހަމަވުމުން އެ ކާޑު އަލުން އާކުރަން ނުޖެހޭ ގޮތް ހަދަން ނިންމައިފި އެވެ.

މިހާރު ގަވައިދު އޮންނަ ގޮތުން 40 އަހަރުން މަތީގެ މީހުން ކޮންމެ 10 އަހަރަކުން އައިޑީ ކާޑު އާކުރަން ޖެހެއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް ޔޫސުފް އަބްދުއް ގަފޫރު ވިދާޅުވީ އެ ނިންމުން ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން 65 އަހަރުން މަތީގެ އައިޑީ ކާޑުގެ މުއްދަތު ހަމަނުވާ ގޮތަށް ބަދަލުކުރުމަށް ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެކަން ތަންފީޒުކުރަން ފަށާނީ ކެބިނެޓުން އެކަން ފާސްކުުރުމުން ކަމަށެވެ.

އޭނާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް އައިޑީ ކާޑު އަލުން އާކުުރުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ. އެހެންވެ އެ މީހުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އައިޑީ ކާޑުގެ މުއްދަތު ހަމަނުވާ ގޮތް ހަދަން ހުށަހެޅީ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން