ރައީސް ސޯލިހް ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ އާއި ސަލާމް ކުރައްވަނީ
ރައީސް ސޯލިހް ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސަ އާއި ސަލާމް ކުރައްވަނީ
ސްރީލަންކާގެ އާންމު އިންތިޚާބުގައި ހޯއްދެވި ބޮޑު ކާމިޔާބީ ފާހަގަ ކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަ ޕަކްސެއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ބޭއްވި ޕާލިމެންޓަރީ އިންތިޚާބުގައި ބޮޑުވަޒީރު ރާޖަޕަކްސެއާއި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕޮޑުޖަނަ ޕާޓީން ހޯދި ފުރިހަމަ ކާމިޔާބީއަށް ރައީސް ޞާލިޙު މަރުހަބާ ވިދާޅުވެ މިރޭ ކުރެއްވި ޓްވީޓްގައި، ސްރީ ލަންކާގައި މިއަދު ނިމިގެން ދިޔަ އާންމު އިންތިޚާބުގައި ބޮޑުވަޒީރަށް މި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބާއެކު ސްރީ ލަންކާގެ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބިގެންދާނެ ކަމުގައި ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި މި ލިބިވަޑައިގެންނެވި ކާމިޔާބާއެކު ސްރީ ލަންކާއާއި ދިވެހި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވެސް ރައީސް ޞާލިޙް ވިދާޅުވެފައި ވެއެވެ.

https://twitter.com/ibusolih/status/1291404298635505665?s=20

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ރާއްޖޭގެ ސިޔާސީ އިސް ފަރާތްތަކުންވެސް ވަނީ މަހިންދަ ރާޖަޕަކްސައާއި އެމަނިކުފާނުގެ ޕާޓީ ޕޮޑުޖުނާ ޕެރަމުނާ ޕާޓީއިން ހޯދިކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ ޓުވީޓްކުރައްވާފައެވެ. ލަންކާ ބޮޑުވަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމުގެ ލީޑަރޝިޕްގެ ދަށުން ލަންކާއާއި ރާއްޖޭގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

https://twitter.com/PresRajapaksa/status/1291407049411006464?s=20

ސްރީލަންކާގެ މިފަހަރުގެ ޢާންމު އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 16 މިލިއަން މީހުންނަށްވަނީ ލިބިފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮގުތައި މި އަހަރު ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 71 އިންސައްތަ މީހުންނެވެ.

ސްރީލަންކާގައި ނިމިގެންދިޔަ އާންމު އިންތިޚާބުގައި އެސްއެލްޕީޕީއަށް 146 ގޮނޑި ލިބިފައިވާ ކަމަށް މިރޭ އިޢުލާންކުރި ފަހުގެ ހިސާބުތަކުން ދައްކައެވެ. އެޕާޓީއާއި އެންމެ ކައިރިން ވާދަކުރި އެސް ޖޭ ބީއަށް ލިބިފައިވަނީ 53 ގޮނޑި ކަމަށް ނުރަސްމީ ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން