ވިލާ ކޮލެޖުގައި ޗައިނީޒް ލެންގުއޭޖް ޑޭ ފާހަގަކޮށްފިއެވެ.

މި ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ވަނީ ޗައިނާގެ ސަގާފީ ހުށަހެޅުންތައް ހުށަހަޅާފައެވެ. މީގެތެރޭގައި ކެލިގްރަފީ ހުށަހެޅުމެއްގެ އިތުރުން ވިލާ ކޮލެޖުގައި ގާއިމްކޮށްފައިވާ ޗައިނީޒް ލެންގޫއޭޖް ލާނިންގ ސެންޓަރ ގެ ލާނިން އައުޓްކަމްސް އަދި ބައެއް ސަގާފީ ތަކެތި ދައްކާލުންވެސް އެގްޒިބިޝަންގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.

މި ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލީ ޒިން، ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު، އާދަމް ނަސީރުގެ އިތުރުން އެހެން ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި، ވިލާ ކޮލެޖުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވިލާ ކޮލެޖުގައި ގާއިމްކޮށްފައިވާ ޗައިނީޒް ލެންގޫއޭޖް ލާނިންގ ސެންޓަރ އިން ޗައިނީޒް ބަހުގެ އިތުރުން އެގައުމުގެ ތާރީހާއި ސަގާފަތާއި އާދަކަދަތައް އުނގަންނައިދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން