ފުވައްމުލަކުު ސިޓީ ބަނދަރު؛ މާލޭގައި ރޯގާ ފެތުރުން ކުރިއަށްވުރެ ބާރުވެފައވާތީ މާލެއަށް ދަތުރުފަތުރު ކުރިއަސް އަރާފޭބުން ވަނީ ކޮންޓްރޯލްކޮށްފައި
ފުވައްމުލަކުު ސިޓީ ބަނދަރު؛ މާލޭގައި ރޯގާ ފެތުރުން ކުރިއަށްވުރެ ބާރުވެފައވާތީ މާލެއަށް ދަތުރުފަތުރު ކުރިއަސް އަރާފޭބުން ވަނީ ކޮންޓްރޯލްކޮށްފައި
އއ. ފިއްލަދޫ ބީއެމްއެމްއޭ އެކްޕްރެސް ބޯޓުން ދަތުރުކުރި ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މި މީހުންނަކީ ހއ ކެލާގައި ދުއްވާ ސަވާރީ ބޯޓުން އެންމެ ފަހުން ކެލައަށް ދިޔަ މީހުންނާ ކޮންޓެކްޓްވި ބައެކެވެ. އެޗްޕީއޭ އިން ބުނީ ސަވާރީ ބޯޓުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެ ބޯޓްގެ ކެޕްޓަން ކަމަށެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ފެނުނު އެ ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވުނު މީހުންގެ ސާމްޕަލް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އޭގެ ފަހުން އިތުރު ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި ހއ. ފިއްލަދޫ ބީއެމްއެމްއޭ އެކްޕްރެސް ބޯޓުން ދަތުރުކުރި އިތުރު ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. މި މީހުންނަކީ ސަވާރީ ބޯޓުން ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަ ކުރެވުނު ބައެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން މިރޭ ބުނީ އިހަވަންދޫގައި ދުއްވާ "ތަހުތު ބޯޓު" ގައި މަސައްކަތް ކުރާ ދެ ބިދޭސީންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެ އިތުރުން އިހަވަންދޫ އާއި މާލެ އާއި ދެމެދު ދަތުރުކުރާ "242" ބޯޓްގެ ކޭޝިއަރުވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭނާއާއި އެރަށު ގިނަ މީހުންނާއި ބައްދަލުވެފައިވާއިރު އެ ކޭސްއާ ގުޅިގެންވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ގިނަ ރަށްރަށުން ބަލި މީހުން ފެންނަމުންދާކަން ފާހަަގަކޮށްލެވެއެވެ. އެގޮތުން ބ. ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ރ. އަތޮޅު ހުޅުދުއްފާރުގައި ހުރި މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ހދ. ނާވައިދޫގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން 68 އަހަރުގެ ދިވެހި ފިރިހެނަކުވެސް މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން