ހުޅުމާލޭގައިި ދުއްވަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.
ޝޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުން އެ ހާދިސާ ހިނގާފައިވަނީ ހިޔާ ފްލެޓް ސަރަހައްދުގަ އެވެ.
އަދި އަލިފާން ވަރަށް ބޮޑަށް ރޯވެ ދުން އަރާތަން ފެނެއެވެ.
ރޭ ދަންވަރު ހިނގި އެ ހާދިސާއާ ގުޅިގެން ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން އެ ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް އަނދައިފަ އެވެ.
ކާރަށް އެކި ވަރުގެ ގެއްލުންތަކެއް ލިބުނު ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ ހާދިސާ ހިނގީ ކިހިނެއް ވެގެން ކަމެއް ސާފެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވެސް ނުލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު