ރާއްޖެއާ އިންޑިއާއާ ދެމެދު ވިޔަފާރީގެ މަޝްވަރާތަކެއް ބާއްވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިނިސްޓަރު މުހައްމަދު ސައީދު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މުހާވަރާއާއެކު ބައްދަލުވުމެއް ބާއްވަވާފައިވާ ކަމަށެވެ.

އަދި އެ ބައްްދަލުވުންތަކުގައި އިންޑިއާއާއެކު ރާއްޖެއިން ވިޔަފާރިއާ އިގްތިސާދީ ދާއިރާއިން ކުރިއަށް ދިއުމަށް މަޝްވަރާ ކުރެއްވި ކަމަށް ވެސް ބުނެފައި ވެއެވެ.

ނަމަވެސް އޭގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މިސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖެއާއި އިންޑިއާގެ ގުޅުން ވަނީ ގޯސްވެފައެވެ. މީގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ ކުރީ ސަރުކާރުން ހުރިހާ ކަމެއްގައި އިންޑިއާއަށް ބަރޯސާވާން ގެންގުޅުނު އިންޑިއާ ފަސްޓް ޕޮލިސީ މިސަރުކާރުން ބަދަލު ކުރުމުންނެވެ.

ނަމަވެސް އިންޑިއާއަކީ ވެސް ރާއްޖެއަށް މުހިންމު ގައުމެއް ކަމަށް ސަރުކާރުން ދަނީ ބުނަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން