އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ނަމަވެސް މަސައްކަތްތެރިންގެ ހާލަތަށް އެކަށީގެންވާ ބަދަލެއް ނާންނަ ކަމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން، އެމްޓީއޭއިން ބުނެފި އެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެމްޓީއޭއިން ނެރުނު ބަޔާނުގައި ބުނީ ރާއްޖެއަކީ ވެސް އެކަށީގެންވާ މުސާރައެއް ނުދެވޭ ގައުމަކަށްވާ އިރު އަދިވެސް ރާއްޖެ ދެމިއޮތީ މަސައްކަތުގެ މާހައުލަށް ވެސް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް އައިސްފައިނުވާ ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި މިއަދާއި ހަމައަށްވެސް އެ ސަގާފަތަށް ހެޔޮ ބަދަލެއް އައިސްފައި ނުވާކަން ފާހަގަކޮށްފައި ވެއެވެ.

މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލާ، މަސައްކަތްތެރިންނަށް އެކަށީގެންވާ މުސާރައެއް ފޯރުކޮށް ދިނުމުގެ މަގުސަދުގައި، ނިމިގެން ދިޔަ ސަރުކާރުން މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ

ކަނޑައެޅި ކަނޑައެޅުމަށް އިޝާރަތްކޮށް އެމްޓީއޭއިން ބުނީ އޭގެ ނަތީޖާ އަދިވެސް ރަނގަޅަށް ނުނިކުންނަ ކަމަށެވެ.

"މި ގެނައި ބަދަލުން ވެސް އެންމެ އެކަށީގެންވާ ހެޔޮ ބަދަލު މަސައްކަތްތެރިންގެ ހާލަތަށް އައިސްފައެއް ނުވެއެވެ. މަސައްކަތްތެރިންގެ ހާލަތު ރަނގަޅުކުރުމަށް ގެނެވުނު މި މުހިންމު ގާނޫނީ ބަދަލު އެންމެ އެކަށީގެންވާ ހެޔޮ ގޮތުގައި ތަންފީޒުކުރަމުން ނުދާކަން މި ފުުރުސަތުގައި ފާހަގަކޮށްލަން ޖެހެއެވެ." އެމްޓީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން ރާއްޖޭގެ އެކި ވަޒީފާތަކުގައި އަދިވެސް ބޮޑު މުސާރައިގައި ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި އޮފީސްތަކުގެ ވެރިންގެ ގޮތުގައި ވެސް އެމީހުން މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައި ވެއެވެ.

ހަމަ އެހެންމެ ރިސޯޓުތަކުގައި މަސައްކަތް ކުރާ އެތައް ހާސް މުވައްޒަފުންގެ ކެއިން ބުއިމާއި އެކޮމޮޑޭޝަން އަދި އެމީހުންނަށް ސާވިސް ޗާޖު ލިބިދިނުން ފަދަ ކަންތަކުގައި އަދިވެސް ބޮޑެތި އިހުމާލުތަކެއް ހުންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އެމްޓީއޭއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން