މާލޭ ރައްޔިތުން ޕިކްނިކް ދިޔުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ތަރައްގީ ކޮށްފައިވާ ކުޑަގިރި އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަން ރާވާފައިވާކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ހީނާ ވަލީދު ވިދާޅުވީ، ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭ ރައްޔިތުން ޕިކްނިކް ދިޔުމަށް ހާއްސަ ކުރެވިފައިވާ ރަށެއްގެ ގޮތުގައި ކަމަށެވެ.

އަދި މިހާރު އެ ރަށުގައި ގާއިމު ކުރެވިފައިވާ ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާގުޅިގެން އެކި ޝަކުވާ ލިބެމުންދާކަމަށާއި އެ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޑަގިރިން މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ލިބޭގޮތަށް ސަރުކާރުން ތަރައްގީ ކުރާނެކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.

ހީނާ މިހެން ވިދާޅުވެފައި މިވަނީ، ކުޑަގިރި އަމިއްލަ ކުންފުންޏަކަށް ވިއްކާލަން މިސަރުކާރުން ނިންމާފައިވާކަމަށް ސަރުކާރުގެ ބައެއް ބޭފުޅުން، ވިދާޅުވަމުންދާކަމަށް ބުނެ މީސްމީޑިއާގައި އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ކުޑަގިރިއަކީ އެމްޓީސީސީއާއި ބިން ހިއްކުން ހަވާލުކޮށް އަދި ސަރުކާރުގެ ގިނަ ކުންފުނިތަކެއް ގުޅިގެން ސީއެސްއާރުގެ ދަށުން ގިނަ މަސައްކަތްތަކެއް ތަރައްގީކޮށް ހަދާފައިވާ ރަށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން