ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށަން ނިންމާފައިވާ ހާއްސަ މަޝްރޫއު "އޮޕަރޭޝަން ކުރަނގި" މާދަމާ ކ. ހިންމަފުށީގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލު ކުރުމަށް ފަށާ ގައުމީ ހަރަކާތް މާދަމާ ހިންމަފުށީގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އެ ހަރަކާތުގެ ދަށުން، ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ވިއުގައަކަށް އަޅާ ރައްކާކުރެވިގެން ދާނެކަމަށް ވަނީ ބުނެފައެވެ.

މި ހަރަކާތަކީ 3 އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ބިދޭސީންގެ މައުލޫމާތު ރަށްރަށުގެ ކައުންސިލްތަކާއި އެ ނޫންވެސް ކަމާގުޅޭ އިދާރާތަކުން ވެރިފައި ކުރެވޭގޮތަށް ވިއުގައެއް ތައްޔާރުކޮށްގެން އޭގައި މައުލޫމާތުތައް ބެލެހެއްޓުމުގެ މަސައްކަތް ފެށުން ހިމެނޭ ހަރަކާތެކެވެ.

ވަޒީރުންނާއި އާންމު ރައްޔިތުންނަށް ސުވާލު ކުރެވޭ ގޮތަށް ރޭ ކުރިއަށް ގެންދިޔަ "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ މިކަން ފާހަގަ ކުރައްވާފައެވެ.



އޭނާ ވިދާޅުވީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހައްލު ކުރަށްވާނެ ކަމަށެވެ. އެގޮތުން އެމައްސަލަ ހައްލު ކުރުމަށް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށް ނިންމާފައިވާ ކަމަށާއި ބިދޭސީންގެ މައުލޫމާތުތައް ހިއްސާކުރަންޖެހޭ ހުރިހާ އިދާރާއަކަށް މިހާރު ބިދޭސީންނާއި ގުޅޭ މައުލޫމާތުތަކުގެ އެކްސަސް ދީފައިވާނެކަމަށް އިހުސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ތިމަންނަ

15-Jun-2024

ވަމުންދާ ގޮތާ , ކަންތައްތައް ވެފައިވާ ގޮތަށް ބަލާއިރު , "އޮޕަރޭޝަން މާރަނގަ" ނުހިންގާ ހަމަ އެކަނި "އޮޕަރޭޝަން ކުރަނގި" އަކުން ކާމިޔަބުވާނެ ކަމަކަށް ނުފެނޭ ...



ޓްރެންޑިން