ސިނަމަން ވެލި ފުށި ރިސޯޓްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި ދުއްވާފައި ލޯބިވެރިޔާ ކައިރިއަށް މާލެއައި 14 އަހަރުގެ ފިރިހެން ކުއްޖާ ހޯދައިފިއެެވެ.

ލޯބިވެރިޔާ އާއި ބައްދަލުކުރުމަށް ސިނަމަން ވެލި ފުށި ރިސޯޓްގެ ލޯންޗެއް ވަގަށް ނަގައިގެން އެކަނި 14 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މާލެ އައިސްފައެވެ.

ފިރިހެން ކުއްޖާ ފިލައިގެން ގޮސްފައިވަނީ އިއްޔެ ހެނދުނު އެެވެ. އެކުއްޖާ ލޯންޗު ވަގަށް ނަގައިގެން ދިޔަކަމަށް ތުހުމަތުކުރެވެނީ ރަށުގައި އަޅާފައި އޮތް ލޯންޗާއެކު އެ ކުއްޖާ ވެސް ގެއްލުމުން ކަމަށް އެކަން ހިނގި ރަށު ކައުންސިލުން ބުނެއެވެެ.

ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުގެ ލޯބިވެރިޔާ އަށް އަނިޔާ ކުރާ ކަމަށް ބުނެ، އެ ކުއްޖާ ސަލާމަތް ކުރަން މާލެ އައި ފިރިހެންކުއްޖާ ފެނުނީ މަގުމަތިންނެވެ. އެކުއްޖާ ބައްދަލުކުރަން މާލެ އައި އަންހެންކުއްޖާ ވެސް ރޭ ފުލުހުން ހޯދާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މާލެ އައި ފިރިހެންކުއްޖާ ލޯންޗު ހުޅުމާލޭގެ ފަޅުތެރެއަށް ދޫކޮށްލާފައި ރަށުތެރެއަށް އަރައި އަންހެންކުއްޖާ ގޮވައިގެން ފިލުމާއި ގުޅިގެން އެ ދެ ކުދިން ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ގެންދިޔައީ ކުރަމުންނެވެެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މ. އަތޮޅުން ލޯންޗެއް ގެއްލިގެން އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ލޯންޗު ހުޅުމާލޭ، އެމްޓީސީސީ ފެރީ ޓާމިނަލް ކައިރީ ފަޅުގައި އޮއްވައި މިހާރު ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން