އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ އިސްވެރިއެއް ކަމަށްވާ ޝައިހު ތަހުނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އަބޫދާބީގެ ވެރިޔާގެ ރެޕްރެޒެންޓޭޓިވްގެ ވެރިޔާގެ މަގާމުގައި ހުންނެވި ތަހުނޫން އަވަހާރަވީ އިއްޔެ އެވެ.
އޭނާ އަވަހާރަވުމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތަހުތޫނުގެ އާއިލާއަށާއި ޔޫއޭއީގެ ރައީސް ޝައިހު މުހައްމަދު ބިން ޒައިދު އަލް ނަހުޔާން އަދި ޔޫއޭއީގެ ރައްޔިތުންނަށްވެސް ތައުޒިޔާ އަރިސްކުރައްވާފައެވެ.
އަދި ތަހުތޫނުގެ ފުރާނަފުޅަށް ރަހުމަތް ލެއްވުމަށް އެދޭކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތަހުތޫން އަވަހާރަވީ އުމުރުފުޅުން 82 އަހަރުގަ އެވެ.
ތަހުތޫން އަވަހާރަވުމާ ގުޅިގެން ހަތް ދުވަހުގެ މުއްދަތަށް ހިތާމަފާޅުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު