ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޒަމީރު އިންޑިއާއަށް ވަޑައިގަންނާވަކަން ހާމަކޮށްފައި ވަނީ އިންޑިއާގެ ނޫސްތަކުން ނެވެ.

ޒަމީރު އިންޑިއާއަށް ވަޑައިގަންނަވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ހަމަ އެހެންމެ މި ދަތުރުފުޅު ވެގެންދާނީ ޒަމީރަށް ބޮޑު އިމްތިހާނަކަށް ކަމަށާއި އަދި ރާއްޖެއާއި އިންޑިއާއާއި ގުޅުން ގޯސްވެފައި އޮތް މި ދަނޑިވަޅުގައި ރާއްޖެއަކީ އަދިވެސް އިންޑިއާގެ މުހިންމު ބައިވެރިއެއްކަން ޒަމީރު ސާބިތުކޮށްދެއްވަން ޖެހޭނެ ކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.

ޒަމީރުގެ ދަތުރުފުޅާ ގުޅޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަކި އެއްޗެއް ނުބުނެއެވެ.

ޒަމީރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާއިރު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ.

އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ފައުޖު ބާލާފައިވަނީ މާރޗްމަހުގެ ދެވަނަ ހަފްތާގެ ތެރޭގައެވެ. ސަރުކާރުން ބުނެފައިވަނީ އިންޑިއާ ސިފައިންގެ އެންމެ ފަހު ފައުޖު މެއިމަހުގެ 10 ވަނަ ދުވަހު ރާއްޖެއިން ފުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން