އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް އަބްދުﷲ އުނައިސް ހަމަޖައްސައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އުނައިސް އެ މަގާމަށް އައްޔަނުކުރެއްވިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރައްވާފައިވާ އުނައިސް އެ މަގާމަށް އައްޔަނުކުރެއްވި އިރު ހުންނެވީ އީސީގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.

އުނައިސް ސެކެޓްރީ ޖެނެރަލްގެ މަގާމަށް އައްޔަނުުކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް އައްޔަނުކުރެއްވުމާ ގުޅިގެން ނެވެ.

އިލެކްޝަންސް ކޮމިޝަންގެ އިސް މަގާމުތަކަށް މި ފަހުން ބަދަލުތަކެއް އައިސްފައިވާއިރު ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް ވަނީ ރިޓަޔާ ކުރައްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ، ކޮމިޝަނުގެ ޕްލޭނިން އެންޑް ރަޖިސްޓްރޭޝަން ޑިވިޝަންގެ ޑިރެކްޓަރަކަށް އާމިނަތު އަޒީފާ އަދި އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރަކަށް ސީނާ ރަޝީދު ހަމަޖައްސައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން