ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ލޯނަށް އެދި 1،709 މީހުން ހުށައަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނީ ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ލޯނަށް އެދި 1،709 މީހުން ހުށައަޅާފައިވާ ކަމަށެވެ.

ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 29، ވަނަ ދުވަހުއެވެ. މި އަހަރު ސްޓޫޑަންޓް ލޯނަށް ހުޅުވާލި ފުރުސަތަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި މިއަދު 1:30 އަށް ވަނީ ހަމަވެފައެވެ.

ސްޓޫޑަންޓް ލޯނަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ބަންދުވެފައިވާއިރު ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

މިއަހަރު ސަރުކާރުން މަތީ ތަޢުލީމުގެ ލޯނަށް 500 ޖާގަ ވަނީ ހުޅުވާލާފައެވެ. މިލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް އެދި ހުށައެޅޭނެ ކަމަށާއި އަދި ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެދި ލޯނަށް ހުށަހެޅޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން