އައިޖީއެމްއެޗުގައި މަސައްކަތް ކުރެއްވި ކަރުންމަތީގެ ހާއްސަ ޑޮކުޓަރ ޑރ. އައިމިނަތު ރަމްޝާ އަވަހާރަވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މިރޭ އެކްސްގައި ވިދާޅުވީ، ޚިދުމަތްތެރި އަދި މަޤްބޫލު ޑޮކްޓަރު އާމިނަތު ރަމްޝާ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި ޤައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ވެސް ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް ކަމަށާއި އަދި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއްކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ގެއްލިގެން އެދިޔައީ ބަލިމީހުންނާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މަރްޙޫމާ ޑޮކްޓަރު އާމިނަތު ރަމްޝާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. ކީރިތިﷲގެ ރުއްސެވުމާ، ފުއްސެވުމާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް އެ މަރްޙޫމާއަށް މިންވަރުކުރައްވާށިއެވެ." ރައީސްގެ މެސެޖުގައި ލިޔުއްވާފައިވެއެވެ.

ޑރ. ރަމްޝާ އަވަހާރަވީ ބެންކޮކްގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. މަރްހޫމާ ރަމްޝާއަށް ކެންސަރު ޖެހިފައިވާކަން 2020 ވަނަ އަހަރު އެނގިވަޑައިގަތުމާއެކު ތައިލޭންޑަށް ދިރިއުޅުން ވަނީ ބަދަލުކުރައްވާފައެވެ. އެއިރުއްސުރެ ރަމްޝާ ގެންދެވީ ކެންސަރު ބައްޔަށް ތައިލެންޑްގައި ފަރުވާ ހޯއްދަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން