މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ ސްކީމް" ގެ ދަށުން މިހާތަނަށް 526 ގޯތި ހުޅުމާލެއިން ދޫކޮށްފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށާއި، އެގޮތުން އިތުރު 14 ގޯއްޗެއް މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހާއި މިއަދު ހަވާލު ކޮށްފައިވާކަމަށެވެ.

އެއީ މިދިޔަ މަހުގެ 30 ގައި 6 ގޯތި އަދި މިއަދު 8 ގޯއްޗެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،380 ގޯތި ދޫކުރުމަށް ވަނީ ސޮއިކޮށްފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދެނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެތަންތަނުން 9،000 ގޯތި ދޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން