ދުނިޔޭގެ ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކޮށް، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު ނެރޭ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ނެރެފި އެވެ.

މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 100 ވަނައިގައި އޮތް އިރު މި ފަހަރު ރާއްޖެ ވަނީ ހަ ދަރަޖަ ފަހަތަށް ވެއްޓި ރޭންކުގެ 106 ވަނައިގައި އެވެ.

މިއީ ނޫސްވެރިކަންކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައި ހިމެނޭ ރޭންކެކެވެ.

ނަމަވެސް ރޭންކުން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ޣައްޒާގައި ނަސްލެއް ނައްތާލުމަށް ބޮޑު ގަތުލު އާންމެއް ހިންގަމުންދާ އިސްރާއިލު ރާއްޖެއަށް ވުރެ ކުރީގައި އޮތުމުން ނެެވެ.

އިސްރާއިލުން ޣައްޒާގެ ގަތުލު އާންމު ހިންގަން ފެށި ފަހުން ޝަހީދުކޮށްލި ނޫސްވެރިންގެ އަދަދު ވަނީ 140އިން މައްޗަށް އަރައިފަ އެވެ. މިއީ މިއިން ޒަމާނެއްގައި ވެސް ގައުމެއްގައި ނޫސްވެރިން މެރި އެންމެ ގިނަ އަދަދެެވެ.

އޭގެ އިތުރުން އިސްރާއިލުން ވަނީ ބައިނަލްއަގުވާމީ ނިއުސް މީޑިއާ އަލް ޖަޒީރާ މަނާކުރަން ގާނޫނެއްވެސް ދާދި ފަހުން ފާސްކޮށްފަ އެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްއިން ދެން އެންމެ ބޮޑު ޖޯކެއްގެ ގޮތުގައި ފާހަގަވީ ރޭންކުގެ 61 ވަނައިގައި އޮތް ޔުކްރޭނާއި ރޭންކުގެ 10 ވަނައިގައި އޮތް ޖަރުމަނު ވިލާތެވެ.

ޔުކްރޭން ހަނގުރާމަ ފެށިފަހުން އެ ގައުމުގައި މިނިވަން ނޫސްވެރިންނަށް އިންތިހާއަށް ދަތިކޮށްފައިވާ އިރު 2022 ވަނަ އަހަރު އެ ގައުމުން ވަނީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމަށް ވަރުގަދަ ގާނޫނެއް ފާސްކޮށްފަ އެވެ. އަދިވެސް އެ ގާނޫނު ދަނީ ތަންފީޒުކުރަމުން ނެވެ.

އިސްރާއިލުން ފަަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގާ ގަތުލު އާންމުގައި ޖަރުމަނު ވިލާތް ބައިވެރިވަމުންދާއިރު އެ ގައުމުން ދަނީ ޣައްޒާގެ ހަބަރުތައް އެ ގައުމުގައި ފެތުރުމުގައި ވަރަށް ބޮޑަށް ސެންސަރުކުރަމުން ނެވެ. ޖަރުމަނަކީ އެ ނޫނަސް ސެންސަޝިޕްގައި އަބަދުވެސް ވަރަށް ހަރުކަށި އުސޫލުތަކެއް އޮންނަ ގައުމެއްވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން