ހުޅުމާލޭގެ ފަޅު ތެރޭގައި އޮތް ޑްރެޖަރެއްގައި ހިނގި ހާދިސާއެއްގައި އޭގައި މަސައްކަތްކުރި ބިދޭސީއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 10:38 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ބިދޭސީ މީހާ ހުޅުމާލެ ހޮސްޕީޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ހާދިސާގައި މަރުވީ 30 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

ނަމަވެސް އެ ހާދިސާ ހިނގީ ކިހިނެއް ކަމެއް ފުލުހުން ނުބުނެ އެވެ. އަދި އެކަމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ވެސް ފުލުހުން ނުދެއެވެ.

ހަމައެކަނި ފުލުހުން ބުނީ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ދަށްވެ މީގެ ކުރިން ވެސް މީހުންގެ ފުރާނައަށް ގެއްލުންވެފައިވާކަން ފާހަގަކޮށްލެވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން