ދިވެހި ނަރުހުންތަކެއް ޚިދުމަތުގައި (ފޮޓޯ: ސޯޝަލް މީޑިއާ)
ދިވެހި ނަރުހުންތަކެއް ޚިދުމަތުގައި (ފޮޓޯ: ސޯޝަލް މީޑިއާ)
ފާއިތުވި ދެ މަހުގެ މުސާރަ 28 ނަރުހަކަށް ލިބިފައި ނުވާތީ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްއެޗްޕީޔޫ އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ، ޖޫން އަދި ޖުލައި މަހުގެ އަސާސީ މުސާރަ ހަމަޖެހިފައި ނުވަނީ ބިދޭސީ 28 ނަރުހަކަށް ކަމަށެވެ.

"ބިދޭސީ 28 ނަރުހަކަށް ޖޫން އަދި ޖުލައި މަހުގެ އަސާސީ މުސާރަ ހަމަޖެހިފައި ނުވާ ކަމީ މި ޔޫނިއަން އިން ކަންބޮޑުވާ ކަމެކެވެ. ވީ އެންމެ އަވަސް ފުރުސަތެއްގައި މި ފަރާތްތަކުގެ މުސާރަ ހަމަޖެއްސުމަށް ގޮވާލަން." މިނިސްޓްރީ އޮފް ފައިނޭންސާއި މިނިސްޓްރީ އޮފް ހެލްތު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޓެގްކޮށް އެމްއެޗްޕީޔޫ އިން ކޮށްފައިވާ ޓުވީޓުގައި ބުނެފައި ވެއެވެ.



28 ނަރުހަކަށް ފާއިތުވި ދެ މަހުގެ މުސާރަ ނުލިބޭ މައްސަލައެއް ފެންމަތިވެފައިވާއިރު، ކޯވިޑް-19 އާއި ގުޅިގެން ފްރަންޓުލައިނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދޭންޖެހޭ އެލަވެންސް ބައެއް ފަރާތްތަކަށް ނުލިބުމުގެ ޝަކުވާތަކެއް ވެސް ދާދިފަހުން ބައެއް ފަރާތްތަކުން ވަނީ ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާ އަކުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން