ރާއްޖެއަށް މިހާރުވެސް އެތަކެއް އެހީއެއް ވެދެމުންދާ އެކުވެރި އަރަބި އިމާރާތް، ޔޫއޭއީގެ އަބޫދާބީ ފަންޑުން އިތުރު އެހީ ހޯދުމަށް މަޝްވަރާތަކެއް ބާއްވައިފި އެވެ.

އެ މަޝްވަރާތައް ބާއްވައިފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުފަ އެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ވަނީ އޭބީއެފްޑީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ސާއިފް އަލް ސުވައިދީއާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ޔޫއޭއީން ރާއްޖެއާމެދު ބަހައްޓަވަމުންދާ އޯގާތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އަދި އަބޫދާބީ ފަންޑުން ރާއްޖޭގެ ތަރައްގީއަށް ވެދެމުންދާ އެހީއަށް މިނިސްޓަރު ޝަުކުރު އަދާކުރައްވައި އިތުރަށް އެހީ ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

އަބޫދާބީ ފަންޑުން ރާއްޖެއަށް ދީފައިވާ ބޮޑެތި އެހީތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ވެދިން އެހީ ފަދަ އެހީތައް ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން