އިންޑިއާ އާއި ރާއްޖެ ދެމެދު ހަތަރުވަނަ މަޝްވަރާ ބައްދަލުވުން ނިއު ދިއްލީގައި ހުންނަ މިނިސްޓްރީ އޮފް އެކްސްޓާރނަލް އެފެއާރޒްގައި ބާއްވައިފި
އިންޑިއާ އާއި ރާއްޖެ ދެމެދު ހަތަރުވަނަ މަޝްވަރާ ބައްދަލުވުން ނިއު ދިއްލީގައި ހުންނަ މިނިސްޓްރީ އޮފް އެކްސްޓާރނަލް އެފެއާރޒްގައި ބާއްވައިފި
އިންޑިއާ އާއި ރާއްޖެއާއި ދެމެދު ހަތަރުވަނަ ރަސްމީ ބައްދަލުވުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިއަދު ބާއްވައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީއިން މައުލޫމާތުދޭ ގޮތުގައި، މި ބައްދަލުވުންތަކުގައި ދެގައުމުގެ ދޭތެރޭގައި ގުޅުން އިތުރަށް ބަދަހި ކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ. މީގެ ތެރޭގައި ރާއްޖޭގެ ތަރައްގީ އާއި ދިފާއީ ގުޅުންތަށް ހަރުދަނާކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ދެގައުމުންވެސް ވަނީ އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗް ރާއްޖެ ދޫކޮށް މިމަހުގެ 10ގައި ދިޔުމަށްވާ ހުރިހާ ލޮޖިސްޓިކަލް ކަންތައްތައް ޝެޑިއުލްއާއި އެއްގޮތަށް ހިނގާކަމަށް ފާހަގަކޮށްފައެވެ.

ހަމައެއާއެކު މަޝްވަރާތަކުގެ ފަސް ވަނަ ބައްދަލުވުން މާލޭގައި ބޭއްވުމަށް ދެގައުމުން އެއްބަސްވެފައިވެއެވެ. އަދި މި ބައްދަލުވުން ބާއްވާނީ ޖޫން ނުވަތަ ޖުލައި މަހުގެ ތާރީހެއްގައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން