ދޯންޏަކަށް އަރުވަން އުޅުނު ކާރެއް މޫދަށް ވެއްޓި އަޑިއަށް ގޮސްފި އެެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ ލ. ފޮނަދޫގައި ކަމަށެވެ.
އެ ހާދިސާ ރިޕޯޓްކޮށްފައި ވަނީ ރޭ ހަތެއް ޖަހާކަންހާއިރު ކަަމަށް ވެސް ފުލުހުން ބުނެއެވެ.
ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ކާރު އެއްކޮށް އަޑިއަށްދާ މަންޒަރު ވިޑިއޯއިން ފެނެއެވެ.
ފޮނަދޫގެ މީހަކު "ރަސް"އަށް މައުލޫމަތު ދިން ގޮތުގައި އެ ކާރު މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ނަގައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު