ނިވާކަންކުޑަކޮށް އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ހަރަކާތްތެރިވާތީ ހައްޔަރުކުރި އަހުމަދު ނަބީލް (ޔާޔާ ނަބީލް)ގެ ބަންދުގެ މުއްދަތު ޖަހައިފި އެެވެ.

އުމުރުން 39 އަހަރުގެ ނަބީލު ހައްޔަރުކުރީ އިއްޔެ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ބަންދުގެ މުއްދަތުގެ ގޮތުގައި ޖަހާދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޔާޔާ ނަބީލް ހައްޔަރުކޮށްފައިވަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފަށް ނިވާކަންކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން ދިއުމާއި ގުޅިގެން ކަމަށެވެ.

ޓިކްޓޮކްގައި އަމިއްލައަށް ބަރަހަނާވެގެން 2021 ވަނަ އަހަރުވެސް ނަބީލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހަމަ މިފަދަ މައްސަލައެއްގައި އޭގެ ފަހުން 2022 ވަނަ އަހަރުވެސް ނަބީލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި 2022 ވަނަ އަހަރު، މީސްމީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރުމުގެ މައްސަލައިގައި މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން