އަހުޒަމް އަޙްމަދު   5 މޭ 2024 - 13:1
މާލެއިން ގދ. ފަރެސް މާތޮޑާއަށް ދަތުރުކުރަނިކޮށް "ފަރަށް" އެރި ބޯޓު ފުންކޮށްފި އެވެ.

"ރޯޝަނީ" ނަމަކަށް ކިޔާ އެ ބޯޓު ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީގައި އޮންނަ ފަރަކަށް އެރީ ރޭގެ ވަގުތެއްގަ އެވެ.

އެމްއެންޑީއެފުން ބުނީ ފަރަށްއެރި އެ ބޯޓު ފުންކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުންނާއެކު ބޯޓުގެ ފަޅުވެރިން ހަރަކާތްތެރިވެފައިވާ ކަމަށާއި އަދި ކުރި މަސައްކަތުން މިއަދު ހެނދުނު 11:10 ހާއިރު ބޯޓު ފުންކުރެވިފައިވާ ކަމަށެވެ.

މުދާ ބަރުކޮށްގެން ދަތުރުކުރި އެ ބޯޓުގައި 16 މީހުން ތިބިކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން އަދި ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން