ފުލުހުންގެ ބޭނުމަށް ބިދޭސީން ރާއްޖެ ގެނައުމަށް އެ އިދާރާއިން ކުރި އިއުލާން ބާތިލުކޮށްފި އެވެ.

ގެޒެޓްގައި އިއްޔެ ފުލުހުންުގެ ހިދުމަތުން ޝާއިއުކުރި އިއުލާނެއްގައި ވަނީ ރާއްޖެއިން ބޭރުން ބިދޭސީން ގެނެސް އެފަރާތްތަކާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް ހުޅުވާލައިފަ އެވެ.

އެ އިއުލާންގެ ހަބަރުތައް ބައެއް މީޑިއާތަކުން ރިޕޯޓްވެސް ކުރި އެވެ.

ނަމަވެސް ރޭ ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ކުއްލި ގޮތަކަށް ވަނީ އެ އިއުލާން ބާތިލުކުރިކަން ހާމަ ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ އެ އިއުލާން ބާތިލުކުރީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭގޮތަށް ފުލުހުންގެ ހިދުމަތުން އަމަލު ކުރުމަށް ނިންމާފައިވާތީ ކަމަށެވެ.

އިއުލާން ބާތިލުކުރިއިރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން މެކުހަށް ޖަހާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.

އެގޮތުން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން