ހައްޤުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއް ކަމުގައި ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިއަދު ވިދާޅުވެއްޖެއެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިހެން ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނުތާ 12 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ބަންޑާރަ ނައިބް ރިއްފަތު ވިދާޅުވީ، ހައްޤުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއްކަމަށެވެ.
އަދި ހައްޤުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ޤާނޫނު ހަދާ ބާރާއި އަދުލު އިންސާފު ޤާއިމްކުރާ ބާރުގެ ހެޔޮކަމުން ކުރާ ކަމަކަށްވުރެ، ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމަށް ބަންޑާރަ ނައިބް ރިއްފަތު ވިދާޅުވިއެވެ.
އާ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 7 އޯގަސްޓު 2007 ވަނަ އަހަރުގައެވެ. އެ ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވިއިރު ވެރިކަމުގައި ހުންނެވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމެވެ. މިއަދު ކޯލިޝަނެއް ހައްދަވައިގެން ވެރިކަން ކުރަމުންދާއިރު އެކޯލިޝަންގައި ރައީސް މައުމޫނުވެސް ހިމެނިވަޑައިގަންނަވާއިރު މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރާއްޖެއިން ބޭރާއި އެތެރެއިން ޕްރެޝަރކޮށް މުޒާހަރާކޮށް އަޑުއުފުލައި ހިންގި އިސްލާހީ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީ ވެސް ހިމެނެއެވެ. މިއަދުގެ ސަރުކާރުގެ އެންމެ އިސް ސަފުން ފެންނަމުންދަނީ 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމުގެ ތެރެއިން އުފެދުނު ސިޔާސީ ބޭފުޅުންނެވެ.
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާ ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހިމް ހަސަން (ޗަބީ) އާއި ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި މުސްޠަފާ ލުތުފީ އަކީ މައުމޫންގެ ވެރިކަމުގެ ފަހު އަހަރު ތަކުގައި މައުމޫންގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ވެސް ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނެވެ. މީގެއިތިރުން މައުމޫންގެ ވެރިކަމާއި މައުމޫނުގެ ސިޔާސީ ކުޑައިގެ ދަށުން ހިޔާލިބިގެން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުން ރައީސް ޞާލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާކަން ފާހަގަ ކޮށްލެވެއެވެ.

ޙައްޤުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއް. ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައި،ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ޤާނޫނު ހަދާ ބާރާއި ޢަދުލު އިންޞާފު ޤާއިމުކުރާ ބާރުގެ ހެޔޮކަމުންކުރާ ކަމަކަށްވުރެ،ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް. pic.twitter.com/nw7h98172p
— I.Riffath (@ibriffath) August 7, 2020
އަދި ހައްޤުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި ޤާނޫނު ހަދާ ބާރާއި އަދުލު އިންސާފު ޤާއިމްކުރާ ބާރުގެ ހެޔޮކަމުން ކުރާ ކަމަކަށްވުރެ، ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމަށް ބަންޑާރަ ނައިބް ރިއްފަތު ވިދާޅުވިއެވެ.
އާ ޤާނޫނު އަސާސީ ތަސްދީޤު ކުރެވުނީ 7 އޯގަސްޓު 2007 ވަނަ އަހަރުގައެވެ. އެ ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވިއިރު ވެރިކަމުގައި ހުންނެވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމެވެ. މިއަދު ކޯލިޝަނެއް ހައްދަވައިގެން ވެރިކަން ކުރަމުންދާއިރު އެކޯލިޝަންގައި ރައީސް މައުމޫނުވެސް ހިމެނިވަޑައިގަންނަވާއިރު މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރާއްޖެއިން ބޭރާއި އެތެރެއިން ޕްރެޝަރކޮށް މުޒާހަރާކޮށް އަޑުއުފުލައި ހިންގި އިސްލާހީ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީ ވެސް ހިމެނެއެވެ. މިއަދުގެ ސަރުކާރުގެ އެންމެ އިސް ސަފުން ފެންނަމުންދަނީ 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމުގެ ތެރެއިން އުފެދުނު ސިޔާސީ ބޭފުޅުންނެވެ.
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާ ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހިމް ހަސަން (ޗަބީ) އާއި ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި މުސްޠަފާ ލުތުފީ އަކީ މައުމޫންގެ ވެރިކަމުގެ ފަހު އަހަރު ތަކުގައި މައުމޫންގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ވެސް ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންނެވެ. މީގެއިތިރުން މައުމޫންގެ ވެރިކަމާއި މައުމޫނުގެ ސިޔާސީ ކުޑައިގެ ދަށުން ހިޔާލިބިގެން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުން ރައީސް ޞާލިހުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާކަން ފާހަގަ ކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު