ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން ފައިސާ ހޯދަން ސްކޭމެއް ކުރިއަށް ގެންދާތީ ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ ފުލުހުންގެ ލޯގޯ ޖަހައިގެން ރާއްޖެއިން ބޭރުގެ އެކިއެކި ނަންބަރުތަކުން އެކި ފަރާތްތަކަށް ވަޓްސްއަޕް މެދުވެރިކޮށް ގުޅަމުންދާ ކަމަށެވެ.
ނަމަވެސް ބޭރުގެ އެއްވެސް ނަންބަރެއް ބޭނުންކޮށްގެން ނުގުޅާނެ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް އެ ކޯލުތަކުން ހިންގާ ސްކޭމްގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
އެފަދަ ކޯލުތަކަށް ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިދިޔަ އަހަރު މޯލްޑިވްސް ޕޯސްޓުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވި މައްސަލަތަކެއް ވެސް ފެންމަތިވި އެވެ.
ސްކޭމް ކޯލުތައް ރާއްޖޭގައި ވަރަށް ގިނައެެވެ. އެފަދަ ކޯލުުތައް މަދުކުރުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)އާއި ދިރާގާ ދެމެދު ދާދި ފަހުން ވަނީ ސޮއިވެސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު