އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލުކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި އެވެ.

ފެނަކައިން އައްޑޫގައި ފެނުގެ ހިދުމަތް ދެމުންދާއިރު ފެން ޕްލާންޓަށް މައްސަލަ ދިމާވެ މިދިޔަ މާޗު މަހުން ފެށިގެން ފެނުގެ ހިދުމަތް ދޭތެރެ ދޭތެރެއިން މެދުކެނޑި އެކި މައްސަލަތައް ދަނީ ދިމާވަމުން ނެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގެ އާބާދީ ބޮޑުވުމާއެކު ކުންފުނިން އުފައްދާ ފެން ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި އެހެންވެ މިހާރު އިންސްޓޯލްކޮށްފައިވާ ޕްލާންޓުން އުފެއްދޭ ފެނަށްވުރެ ބޭނުންކުރާ ފެނުގެ ނިސްބަތް ވެސް އިތުރުވެފައިވާ ކަަމށެވެ.

ހަމަ އެހެންމެ ނިމިގެން ދިޔަ ސަރުކާރުގައި އެކަށީގެންވާ މިންވަރަށް ފެނުގެ ނިޒާމު މަރާމާތުކޮށް، ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން، އައްޑޫ ސިޓީގެ ފެނުގެ ހާލަތު ދަށަށް ގޮސްފައިވާކަން ވެސް ފެނަކައިން ފާހަގަކޮށްފައި ވެއެވެ.

އެހެންވެ އެ މައްސަލަ ހައްލުކޮށް އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އިތުރަށް ރަނގަޅުކުރުމުގެ ގޮތުން އެއް އަހަރު ދުވަހުގެ އަޕްގްރޭޑިންގް ޕްރޮޖެކްޓް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ 01 އަހަރުގެ އަޕްގްރޭޑިންގ ޕްރޮޖެކްޓް އެމް.ޑަބްލިއު.އެސް.ސީ އާއި ހަވާލުކޮށްފައެވެ.

އެ ޕްރޮޖެކްޓް ނިމިގެންދާާއިރު އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަަމށާއި އަދި މިހާރުވެސް ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ފެނަކައިން ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން